ބޮލީވުޑް މީޑިއާގައި މިފަހުން އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އަޑުފެތުރިފައިވާ އަދިތުޔާ ރޯއީ ކަޕޫރު އާއި އަނަންޔާ ޕާންޑޭ އެ ގުޅުން ނިންމާލި ވާހަކަ އެވެ.
އެ ގުޅުން ނިންމާލުމަށްފަހު ދެ ތަރިން ވެސް އެމީހުންގެ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ގޮސްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. އެގޮތުން އަނަންޔާ ވަނީ މިހާރު އެހެން ބައިވެރިޔަކާ ގުޅިފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ނިމިގެން ދިޔަ އަމްބާނީގެ ހަފްލާތަކުގައި އަނަންޔާ ފެނުނީ އޭނާގެ އާ ލޯބިވެރިޔާ ވޯކާ ބްލޭންކޯއާއެކުގަ އެވެ. އަނަންޔާ ވަނީ ބްލޭންކޯއަކީ އޭނާގެ "ބައިވެރިޔާ"ގެ ގޮތުގައި މީހުންނަށް ތައާރަފް ވެސް ކޮށްދީފަ އެވެ.
ވޯކާ ބްލޭންކޯއަކީ އަމްބާނީ އާއިލާގެ ނެޝަނަލް ޕާކް ޕްރޮޖެކްޓްގައި މަސައްކަތް ކުރަމުން އަންނަ އެމެރިކާއަށް ނިސްބަތްވާ މޮޑެލްއެކެވެ.
ބުނެވޭ ގޮތުގައި އަނަންޔާ އާއި ވޯކާ އެންމެ ފުރަތަމަ ބައްދަލުވީ އަނަންތު އަމްބާނީގެ ޕްރީ ވެޑިން ކްރޫޒްގެ ތެރެއިންނެވެ. އެއަށްފަހު ރަހުމަތްތެރިކަން އުފެދި ވަރުގަދަ ގުޅުމަކަށް ބަދަލުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އަނަންޔާ އާއި ބްލޭންކޯގެ ގުޅުން ފެންމަތިވެފައި މިވަނީ އަދިތުޔާއާ ރުޅިވިތާ ގާތްގަނޑަކަށް ދެތިން މަސް ފަހުންނެވެ. އަދިތުޔާގެ ކުރިން އަނަންޔާ ވަނީ އިޝާން ޚައްތަރުއާ ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ.
ފަހު ވަގުތު މާޓިނެލީ ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް
އީރާނާއި އެމެރިކާގެ މަންދޫބުން މަޝްވަރާއަށް ދޯހާއަށް ގޮސްފި
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟