ރާއްޖޭގައި ހުރި އެންމެ ބޮޑު ސިނަމާ "އޮލިމްޕަސް"ގައި ހުރި ކެފޭގެ ސީލިންގުން ބައެއް ވެއްޓިއްޖެ އެވެ.
އޮލިމްޕަސް ކެފޭގެ ސީލިންގުން ބައެއް ވެއްޓިފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ސީލިންގުން ބައެއް ވެއްޓިފައިވަނީ ކެފޭގައި ބަޔަކު ސައިބޯން ތިބި މޭޒުގެ މައްޗަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.
އޮލިމްޕަސް ކެފޭގެ ސީލިން ވެއްޓުނު އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އޮލިމްޕަހަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ތިން އަހަރު ބަންދުކޮށްފައި ބެހެއްޓުމަށްފަހު އޮލިމްޕަސް މަރާމާތުކޮށް އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
މާލޭގެ މަޖީދީ މަގުގައި ހުންނަ އޮލިމްޕަހަކީ ރާއްޖޭގެ މައި ސިނަމާ އެވެ.
މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާ އަދި އެތަކެއް ފަންނާނުންނެއްގެ އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.
3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިއްޖެ
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ކަނޑުމަތިން އިއްޔެ މަރުވެފައި އޮއްވައި ފެނުނީ ޗައިނާ މީހެއް
