ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ހާމަކޮށްފި އެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާނެ އެވެ. އެގޮތުން ހާއްސަކޮށް ސަލާމަތީ، ވިޔަފާރި، ތައުލީމީ އަދި ސިއްހީ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނޫސްތަކުގައިވެ އެވެ.
ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ލަންކާއާ އެކު ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. ނަމަވެސް މަޖިލީހުން އަދި އެކަން ނިންމާފައެއް ނުވެ އެވެ.
ގުދުރަތީ މާހައުލެއްގައި 20 މިނެޓު ހޭދަ ކުރުމުން ގިނަ ފައިދާތަކެއް
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި
"ދުރަންދަރް"އިން ރަންވީރަށް %100 ބޮޑު އާމްދަނީއެއް!
