މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ހެލްތް ސްކްރީނިން ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްއޭސީއެލް އިން ބުނީ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލިއެންސް ޑިޕާޓްމެންޓްގެ އޮކިއުޕޭޝަނަލް ހެލްތް ޓީމުން ކުރިއަށް ގެންދާ ސްކްރީނިންގައި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އެސެސްމެންޓް، ދަތުގެ ޗެކްއަޕް، ލޮލުގެ ސްކްރީނިންގެ އިތުރުން ހަކުރު ބައްޔަށް ޓެސްޓް ކުރުން ކުރިއަށްދާނެ ކަމަށެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ އެމްއޭސީއެލްގެ މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކަމަށް ވެސް އެމްއޭސީއެލުން ބުނެ އެވެ.
2027 ގެ އީދުގައި ސަލްމާންގެ ފިލްމެއް؟
އިޒްރޭލްގެ ނިއުކްލިއާ މަރުކަޒު ހުންނަ ސަރަހައްދަށް ހަމަލާދީފި
ޔަހޫދީންގެ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވޭ