ލ. ދަނބިދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ދަނބިދޫ އިރުމަތީ ފަރާތު މޫދުގައި މީހަކު އޮޔާ ދަނިކޮށް ފެނުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ކުރީ މިއަދު ހަވީރު 16:55 ހާއިރު ކަމަށެވެ. އަދި އެމީހާ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައި ވަނީ އެ ރަށަށް އުފަން އުމުރުން 65 އަހަރުގެ ދިވެހި އަންހެނެކެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ.
މިދިޔަ ހަފްތާގައި އައްޑޫގައި ގެއްލިގެން ހޯދި ބިދޭސީއަކު ވެސް މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.
ރީނދޫ ސަމާލުގެ ވަގުތު މިރޭ 12:30އަށް އިތުރުކޮށްފި
ސުލްހައިގެ އޮނިގަނޑަށް ހަމާސްއިން އެއްބަސްވި: ޓްރަމްޕް
އައްސާމް ކާރިސާ: އާއްމުންނަށް ކާތިކްގެ ދީލަތި އެހީއެއް!