ހޮލީވުޑް ތަރިން ކަމަށްވާ ބްރެޑް ޕިޓްއާއި އެންޖެލީނާ ޖޯލީގެ އަންހެން ދަރިފުޅު ޝިލޮހް އޭނާގެ ނަމުން ބައްޕަގެ ނަން އުނިކުރަން ރަސްމީކޮށް ހުށައަޅައިފި އެވެ.
މީގެ ކުރިން ޝިލޮހް ޕިޓްގެ ގޮތުގައި އޭނާގެ ނަން ވީއިރު މިފަހަކަށް އައިސް ޝިލޮހް އޭނާގެ ނަމަކަށް ބޭނުން ކުރަނީ ޝިލޮހް ޖޯލީ އެވެ.
ޝިލޮހް މި ހުށައެޅުން ހުށައަޅާފައި މިވަނީ އޭނާއަށް 18 އަހަރު ފުރުނު އުފަން ދުވަހު އެވެ. މިކަމުގައި އޭނާގެ މަންމަގެ ފުރިހަމަ އެއްބާރުލުން އޭނާއަށް ލިބެ އެވެ.
ބްރެޑްއާއި އެންޖެލީނާގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށް ހަބަރުތައް ބުނާއިރު ޝިލޮހް އިހުތިޔާރު ކޮށްފައިވަނީ އޭނާގެ މަންމަ އެވެ.
އެ ދެމަފިރިނުގެ ކައިވެނި ނިމުމަކަށް އައީ ކީއްވެގެން ކަމެއް ޔަގީންކޮށް ނޭނގޭއިރު ބްރެޑް އެހެން އަންހެނުންނާ ގުޅުން ބޭއްވި ކަމަށް ހަބަރުތައް ބުނެ އެވެ.
ހުޅުމާލެއިން ބޮޑު ބިމެއް ވަކި ބަޔަކަށް ދޭނީ، އޭސީސީ ހަނު!
"މިއީ އަނިޔާއެއް، އަނިޔާވެރިވެގެން ދެމެހެއްޓުނު ވެރިކަމެއް ނެތް"
އެކްޓް ކުރުމަށްވުރެ މޮޅީ އެހެން ކަމަކަށް ކަމަށް ވިކީ ބުނެފި