ހޮލީވުޑްގެ މަޝްހޫރު ފިލްމު ޓައިޓޭނިކްއަށްފަހު ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް އެ ފިލްމުގެ ލީޑު އަންހެން ތަރި ކޭޓް ވިންސްލެޓް ބުނެފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކޭޓް ވަނީ މިހާރުގެ ތަރިންނާއި އޭރުގެ ތަރިންނަށް ކުރިމަތިވި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
ކޭޓް ބުނީ މިއަދުގެ ހާލަތާ ހިލާފަށް 90ގެ އަހަރުތަކުގައި އަންހެން ތަރިންގެ ސިފައަށް ފުރައްސާރަކުރުން ގިނަ ކަމަށެވެ.
އެގޮތުން ޓައިޓޭނިކްއަށްފަހު އޭނާއަށް ޖިސްމާނީ ސިފަތަކަށް ވެސް ފުރައްސާރަ ކުރި ކަމަށާއި އެކަން އަހަރުތަކަކަށް ދެމިގެން ދިޔަ ކަމަށް ކޭޓް ބުންޏެވެ. 1997 ވަނަ އަހަރު ނުކުތް ޓައިޓޭނިކްގައި ކޭޓްއާއިއެކު ލިއޮނާޑޯ ޑިކެޕްރިއޯ ފެނިގެން ދިޔައިރު އެ ދެމީހުންގެ ޖޯޑަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
ކޭޓް ދެން އެންމެ އަވަހަށް ފެންނާނީ 2025 ވަނަ އަހަރު ނުކުންނަން ހަމަޖެހިފައިވާ ޖޭމްސް ކެމަރޫންގެ "އެވެޓާ 3" އިންނެވެ.
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟
މިރެޔާ ހަމައަށް އީރާނުގެ ޖަވާބެއް ލިބޭނެކަމަށް ބެލެވޭ: ޓްރަމްޕް