މިއަދު ނެރެން ހަމަޖެހިފައިވާ ފިލްމު "ޝާދީ ކީ ޑިރެކްޓަރް އޯރް ޖޯހަރް"ގެ ޕްރޮޑިއުސަރުން ގޮވައިގެން ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ކޯޓަށް ހިނގައްޖެ އެވެ.
މުމްބާއީގެ ހައިކޯޓަށް އޭނާ ހުށައަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ "ޝާދީ ކީ ޑިރެކްޓަރް އޯރް ޖޯހަރް"ގެ ޕްރޮޑިއުސަރުން އޭނާގެ ނަން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށެވެ. އެއާއެކު އޭނާގެ ނަން ހުއްދައަކާ ނުލާ އޭނާއަށް ކުޑައިމީސް ވާ ފަދަ ގޮތަކަށް ބޭނުން ކުރުމުން އޭނާގެ އަބުރަށް ގެއްލުން ވެފައިވާ ކަމަށް ވެސް ކަރަން ބުންޏެވެ.
އެގޮތުން ކަރަން ވަނީ މި މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ފިލްމު މިއަދު ރިލީޒް ކުރުން ހުއްޓުވަން ވެސް ކޯޓުގައި އެދިފަ އެވެ.
މިކަމާ ގުޅިގެން "ޝާދީ ކީ ޑިރެކްޓަރް އޯރް ޖޯހަރް"ގެ ޕްރޮޑިއުސަރުންގެ ފަރާތުން އެއްވެސް ބަހެއް މީޑިއާއަށް އަދި ލިބިފައެއް ނުވެ އެވެ.
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައްކައިފި
"ރެޑީ އޯ ނޮޓް 2"އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ފައިދާއެއް!