މި އަހަރުގެ އަމީރުލްހައްޖު އަދި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި އެވެ.
ދިވެހި ހައްޖުވެރިން ތިބޭ އަލްބަަލަދް އަލްތަޠައްޔިބު އަޖިއަލް ހޮޓެލްގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޝަހީމް ވިދާޅުވީ، ރޭ މައްކާގައި ތިބި ދިވެހި ހާޖީން ތިބޭ ހޮޓަލަށް ޒިޔާރަތް ކުރެވުނު ކަމަށެވެ. އަދި ހާޖީންގެ ހާލު ރަނގަޅު ކަމަށާއި، ހުރިހާކަމެއްވެސް ދަނީ ރަނގަޅަަށް ކަަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރު ރާއްޖެއަށް ލިބޭ ރަސްމީ 1000 ކޯޓާގެ އިތުރަށް 150 ކޯޓާ ލިބުނެވެ. މިއާއެކު، 1،150 މީހުން ހައްޖަށް ދިޔަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 50 ހައްޖުވެރިން ގޮސްފައިވެ އެވެ. ރާއްޖެއިން ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ.
ސްޕެއިން ދިނީ ވަރުގަދަ ރައްދެއް، އުރުގުއޭ އަނެއްކާ ވެސް އެއްވަރު
"ބްރޭކިން ބޭންޑް"ގެ ތަރި ގިއަންކާލޯ އިސްލާމް ވެއްޖެ
ކާރުހާނާއަކުން ވޯލްޑް ކަޕަށް: އުންވާޑްގެ އާދަޔާ ހިލާފު ދަތުރު!