ވައިގެ ދަތުރުފަތުރުކުރާ މީހުންގެ މެދުގައި ވަރަށް އާއްމު ޝަކުވާއެއް އޮވެ އެވެ. ދަތުރުގެ ތެރޭގައި ދެވޭ ކެއުންތަކުގެ ރަހަ ނުބައި ވާހަކަ އެވެ.
މިއީ ކޮންމެ އެއާލައިނަކުން ކޮންމެ ކެއުމެއް ކެއި ކަމުގައި ވިޔަސް ކުރާ ޝަކުވާ އެކެވެ. އެހެން ކަމުން މި ބަލާލަނީ އެކަން މެދުވެރިވާ ސަބަބަށެވެ.
ވައިގެ ދަތުރުތަކުގައި އާއްމުކޮށް އެއާލައިންތަކުން ދަތުރު ކުރަނީ ބިމަށްވުރެ އެތައް ހާސް ފޫޓު މަތިންނެވެ. އެއާއެކު އިންސާނާގެ ހަށިގަނޑަށް ގިނަ ބަދަލުތަކެއް އާދެ އެވެ.
އޭގެ ތެރެއިން އެއް ބަދަލަކީ މީހާގެ ވަހާއި ރަހައިގެ ހިއްސަށް އަންނަ ބަދަލެވެ. ބުނެވޭ ގޮތުގައި ވައިގެ ތެރޭގައި މި ދެ ހިއްސުގެ މަސައްކަތް 30 ޕަސެންޓް ދަށްވެ އެވެ.
ނަތީޖާއަކަށް ވަނީ ކާން ގެންނަ ތަކެތި ކަމުނުދިއުމެވެ. އެހެން ކަމުން އާއްމުކޮށް ތިމާއަށް މީރު ކެއުމެއް ވެސް މަތިންދާ ބޯޓެއްގެ ދަތުރުގެ ތެރއިން ކައިފިނަމަ އެ ކެއުމުގައި ރަހައިގެ ތަފާތެއް ފާހަގަ ކުރެވޭނެ އެވެ.
ހިއްސުތަކަށް އަންނަ ބަދަލުގެ އިތުރުން ވައިގެ ތެރޭގައި ތިމާގެ ބަރުދަން ވެސް ލުއިވާ ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދައްކަ އެވެ.
މިހާރު "ދުރަންދަރް 2" ނެޓްފްލިކްސްއިން ބަލާލެވޭނެ!
ޝާހިލްގެ ޖަލު ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
ހައިވޭގައި ލާފައިވާ ދަވާދުގެ ސަބަބުން އެކްސިޑެންޓްވާކަމުގެ ޝަކުވާ
އެމިރޭޓްސްގެ ދަތުރުތަކުުގަ އެފްލައިޓުންދޭ ކެއުން އެހާ މީރުވަނީ ކީއްވެތޯ