ކޮތަނބިރި ފަތަކީ ވަރަށް ގިނަ ގޮތްގޮތަށް ކެއުމުގައި ބޭނުންކުރެވޭ ފަތެކެވެ. ކައްކައިގެންނާއި ފުނޑައިގެން ވެސް އެކި ކަންކަމުގައި ކޮތަނބިރި ފަތް ބޭނުން ކުރެވެ އެވެ. މިއޮތީ އިތުރު ގޮތެކެވެ.
ކޮތަނބިރި ފަތުގެ ބޮނޑިއެއް 20 މިނެޓު ވަންދެން ފެނުގައި ކެއްކުމަށްފަހު އެ ފެން ފުރާނައިގެން ބުއިމަކީ ވެސް ސިއްހަތަށް ފައިދާހުރި ކަމެކެވެ. އެގޮތުން މިގޮތަށް ކޮތަނބިރި ފަތުގެ ފެން ބޯނަމަ ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ ހަކުރު ބަލި ކޮންޓްރޯލް ކުރަން ވެސް އެހީވެދެ އެވެ.
އެއާއެކު ހަންގަނޑު އިތުރަށް އަލިކޮށްދީ މޫނުގައި ނަގާފައި ހުންނަ ރަތް ބިހިތައް ފިލުވާލުމަށް ވެސް ކޮތަނބިރި ފެން އެހީވެދޭ ކަމަށް ހަބަރުތައް ބުނެ އެވެ.
އެހެން ކަމުން ރިހަތަކުގެ ރަހަމީރު ކުރުމުގެ އިތުރުން މި ދެންނެވި ގޮތަށް ވެސް ކޮތަނބިރި ފަތުގެ އަޖުމަ ބަލާލުމަކީ ނެތް ކަމެއް ނޫނެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި މާލޭގެ މަގުތައް ބަންދުކުރަނީ
"ކަނޑުއޮޅިން ދަތުރުކުރާއިރު ފީ ނަގާނީ ދާ ހިދުމަތަށް އެކަނި"