ރައްޔިތުންގެ މަޖިލިސް އިދާރާގެ ކުރިމަތީގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހައިފަ އެވެ.
ހޮޓެލް ޖެން ކައިރީގައި ހުންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކުގައި ރޯކޮށްލީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. ޕާކިން ޒޯނުގައި ހުރި ހަތް ސައިކަލަކާއި ވޭނެއްގައި ރޯކޮށްލި އިރު، ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް
ލޯތްބަށްޓަކައި ހުސްފަޔާ ހިނގި ކަމަށް ފަރާ ބުނެފި
ބޮލީވުޑްގެ މި ތަރިންގެ ފުރަތަމަ މުސާރަ އެނގޭތަ؟