އަންހެނުން ދީޕިކާ ޕަދުކޯން ދޫކޮށް ރަންވީރު ސިންހް އަމްބާނީ އާއިލާގެ ހަފްލާއަކަށް ދިއުމުން އޭނާއަށް އާއްމުން ފާޑުކިޔަން ފަށައިފި އެވެ.
ފަސް ތަރީގެ ކްރޫޒްއެއްގައި މިހާރު ކުރިއަށްދާ އަނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ޕްރީ ވެޑިން ހަފްލާގައި ރަންވީރު ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތައް މިހާރު ވަނީ މީޑިއާއަށް އާއްމުވެފަ އެވެ.
އެހެން ނަމަވެސް ވިހަން ކައިރިވެފައި އިން ދީޕިކާ މުމްބާއީގައި މަޑުކުރިއިރު، އޭނާ ވަނީ ރަންވީރާ ވަކިން އާއިލާއާއެކު ކެއުމަކަށް ގޮސްފަ އެވެ.
މިކަން ފާހަގަވި ބެލުންތެރިން ބުނެފައިވަނީ މާބަނޑު އަނބިމީހާ ދޫކޮށް މަޖާކުރަން ރަންވީރު ދިއުމަކީ އެއްވެސް ގޮތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރަންވީރާއި ދީޕިކާ އެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކުރީ މިއަހަރުގެ ކުރީކޮޅު އެވެ. ބެލެވޭ ގޮތުގައި ކުރިއަށް ދެތިން މަހުގެ ތެރޭގައި ދީޕިކާ ވިހާނެ އެވެ.
			ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
		
			ޑޮލަރުތައް ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		
			އައިބީގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަނެއްގައި ސޮއިކުރަނީ