ލައިޗީއަކީ ހޫނު މޫސުމުގައި ހެދޭ އަނގައަށް މީރު ސިއްހަތަށް ފައިދާހުރި މޭވާއެކެވެ. މިއީ ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ރަނގަޅު ކެއުމެކެވެ.
ލައިޗީގެ އެންމެ ބޮޑު އެއް ފައިދާއަކީ އެއިން ލިބޭ ފައިބާ އެވެ. މި މޭވާގައި އެކުލެވޭ ފައިބާގެ ސަބަބުން ބޮޑުކަމުދާން ފަސޭހަވެ ހަޖަމުގެ ނިޒާމު ރަނގަޅުވެ އެވެ.
މީގެ އިތުރުން ވެސް ލައިޗީއަކީ ފެން އެކުލެވޭ މޭވާއަކަށް ވުމާއެކު ހޫނު މޫސުމުގައި ހަށިގަނޑުގައި ވަރުޖައްސައިދީ "ޑީހައިޑްރޭޝަން"ގެ މައްސަލަތައް ދުރުކޮށްދެ އެވެ.
ވިޓަމިން ސީ، ފޮލޭޓް، ޕޮޓޭސިއަމް، މެގްނީޒިއަމް ފަދަ މާއްދާތަކުން މުއްސަނދިި ވެފައިވާ ލައިޗީއަކީ ހިފެހެއްޓުމެއްގެ ތެރެއިން ކައިފިނަމަ މީހާގެ ބަރުދަން ލުއިކޮށްދީ އެއްވަރެއްގައި ބަރުދަން ހިފެހެއްޓުމަށް އެހީވެދޭ މޭވާ އެކެވެ.
އެހެން ނަމަވެސް ލައިޗީއިން ލިބޭ ފައިދާތައް ހޯދުމަށްޓަކައި މެދުމިނެއްގައި މި މޭވާ ކެއުން މުހިއްމެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކެއުން ރަނގަޅީ 10-12 ލައިޗީ އެވެ.
ބާޖަކުން ގެއްލުނު މީހަކު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިއްޖެ
ދީޕިކާއާއެކު އޮތް ދެކޮޅުވެރިކަމާ ބެހޭގޮތުން އަނުޝްކާ ބުނީ ކީކޭ؟
ސޮނާކްޝީގެ ކައިވެނިން އޭނާގެ ބޭބެއިން ނުފެނުނީ ކީއްވެ؟