ހާރްދިކް ޕަންޑްޔާ އާއި އަންހެނުން ނަތާޝާ ސްޓޭންކޮވިކްގެ ކައިވެނި ރޫޅުނު ކަމަށް ބުނާ އަޑުތައް މިފަހަކަށް އައިސް ވަނީ ގަދަވެފަ އެވެ. އެ އަޑުތައް ގަދަވެފައިވަނީ ނަތާޝާ އޭނާގެ ކައިވެނީގެ އަނގޮޓިއާ ނުލާ ބޭރަށް ނުކުމެ އުޅުމުންނެވެ.
މި އަޑުތައް ގަދަވެފައި ވަނިކޮށް މީގެ ދުވަސްތަކެއް ކުރިން ހާރްދިކް މީޑިއާއަށް ދިން އިންޓަވިއުއެއް މިވަނީ އަނެއްކާ ވެސް ފެންމަތިވެފަ އެވެ.
އެ އިންޓަވިއުގައި ނަތާޝާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ހާރްދިކް ބުނެފައިވަނީ ނަތާޝާއާއެކު އުޅެވޭނީ ވަރަށް ކެތްތެރިވެގެން ކަމަށެވެ.
ކައިވެނީގެ ކުރީކޮޅު ހާރްދިކްއާއި ނަތާޝާ ދީފައިވާ އެ އިންޓަވިއުގައި އެ ދެމީހުން ވެސް ވަނީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.
މި ދެމަފިރިންގެ ވަރީގެ އަޑުތައް ގަދަވެފައިވީ ނަމަވެސް ދެ މީހުންކުރެ އެކަކު ވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ނަތާޝާވަނީ ވާހަކަ އޮޅުވާލާފަ އެވެ.
އައިފޯން 18 ޕްރޯއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެ
ވައިޑް ބޮޑީ އެއާކްރާފްޓުގައި 67،000 ފަސިންޖަރުން އުފުލައިފި
ނޭދަލޭންޑްސް ހިތްދަތި ގޮތަކަށް ބަލިވެއްޖެ