ސިނަމާލެ ބްރިޖް ކައިރިން މަރުވެގެން އޮޔާ ދަނިކޮށް ފެނުނީ ބިދޭސީ އަންހެނެއް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބްރިޖު ކައިރިން މަރުވެފައި އޮއްވައި ފެނުނީ ބިދޭސީ އަންހެނެއް ކަން ދެނެގަނެވިފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެ އަންހެން މީހާ އޮޔާ ދަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު 12:35 އެހާކަން ހާއިރު ކަމަށްވެ އެވެ.
އެމީހާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުން ދިޔަ ލޯންޗަކަށެވެ.
ފުލުހުން ބުނެފައި ވަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އިންތިހާބުގެ ޓައިމްލައިން ކަނޑަނާޅާތީ އެމްޑީން ކަންބޮޑުވެއްޖެ
"ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށްގެން"
ހިކަނދިފަތް ނުކައި އުކާލުމުގެ ކުރިން ވިސްނާލާ!