ސިނަމާލެ ބްރިޖްގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު ހޭނެތިއްޖެ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިރޭ ވިދާޅުވީ ސިނަމާލެ ބްރިޖްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއްގައި، ދެން އަނިޔާވި މީހުން ތިބި ސައިކަލް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅިގެން ތިން މީހުންނަށް ވެސް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ޝިފާން ވިދާޅުވީ ބާރު ސްޕީޑްގައި ސައިކަލް ދުއްވި މީހާގެ ހާލު ސީރިއަސް ކަމަށެވެ. "ހުރިހާ"އަށް އެނގިފައިވާގޮތުގައި އެ މީހާ ވަނީ ހޭނެތިފަ އެވެ.
ސިނަމާލެ ބްރިޖާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގުން މިވަނީ އިތުރުވެފަ އެވެ. އެފަދަ ބައެއް އެކްސިޑެންޓްތަކުގައި ބައެއް މީހުން ވަނީ މަރުވެފަ އެވެ.
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި
ސިނގިރޭޓުން ޑިއުޓީ ކުޑަކުރަނީ ވައްކަންކޮށް ނިމުމުން: އިދިކޮޅު
