ކޭޝިއަރެއް، ސޭލްސްމަނެއް ނުހުންނަ އާޓިފިޝަލް އިންޓެލިގެންސް ވިޝަން ބޭނުން ކޮށްގެން ހިންގާ އެސްޓީއޯގެ މިހާރު 24 ގަޑިއިރަށް ހުޅުވާފައި ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ހުޅުމާލޭގެ ސެންޓްރޯ މޯލްގެ ކުރިމަތީގައި ކުރިން އެސްޓީއޯ މާޓް ހިންގި ތަނުގައި ތަރައްގީ ކުރި "އެސްޓީއޯ ސްމާޓް ސްޓޯރު" އަކީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ފިހާރަ އެވެ.

އެ ފިހާރައިގައި ކޭޝިއަރެއް ނުހުންނައިރު އެ ތަނުގައި ހުންނަ ހާއްސަ ކެމެރާތަކުން ހުރިހާ ކަމެއް މޮނީޓާކުރާނެ އެވެ.

އެ ފިހާރައަށް ވަނުމުގެ ކުރިން ކިއުއާރު ކޯޑެއް ސްކޭން ކުރުމުން އެ ފިހާރައިގެ ހާއްސަ އެޕް އެޅޭނެ އެވެ. އަދި ރަޖިސްޓްރީ ކުރުމަށްފަހު ފިހާރައަށް ވަދެ ވިޔަފާރި ކުރެވޭނެ އެވެ. އޭގެ ފަހުން އެ ތަނުން އެއްޗެއް ނަގައިގެން ކެޔަސް އަދި ފިހާރައިން ނުކުންނައިރު ހިފައިގެންދާ އެއްޗަށް ކޭޝްކާޑުން ކެނޑޭނެ އެވެ. އެގޮތަށް ކެނޑެނީ ޓޯކަނައިޒޭޝަން ކިޔާ ފީޗާ އެއް ބޭނުންކޮށްގެންނެވެ.

ސޭލްސްމަނަކާ ނުލައި ހިންގާ އެސްޓީއޯގެ ސްމާޓް ފިހާރަ ހުޅުވުންމި ފިހާރަ ހުންނަނީ ހުޅުމާލޭ ފޭސް ވަންގެ ފިހާރަ ބަރިތަކުގައި، ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގަ އެވެ.

އެސްޓީއޯގެ ސްމާޓް ސްޓޯ އައިއޯއެސް އާއި އަދި އެންޑްރޮއިޑް އިން ވެސް މިހާރު ޑައުންލޯންޑް ކުރެވޭނެ އެވެ.

އެ ފިހާރައިގައި ދިވެހިން އާންމުކޮށް ގަނެއުޅޭ ވަރަށް ގިނަ ބާވަތުގެ ތަކެތި ލިބޭނެ އެވެ.