މިއީ ހަގީގަތުގައި ވެސް ވަރަށް މީރު އަދި ހަދަން ވަރަށް ފަސޭހަ ބަނާނާ ޑޭޓް ރެސިޕީއެކެވެ. މި ދޮންކެޔު ކަދުރު ޝޭކަކީ ކަސްރަތު ކުރުމުގެ ކުރިން ބޯލަން ވަރަށް ރަނގަޅު ސްމޫތީއެކެވެ. ނުވަތަ ހެނދުނު ހަކަތަ އިތުރުކޮށް ހޭލުމަށް ޓަކައި ހެނދުނުގެ ނާސްތާއަކަށް ވެސް ބޯލަން ރަނގަޅު އެއްޗެކެވެ.

ކަދުރާއި ދޮންކޭލަކީ ފައިބާ އަދި ޕްރޮޓީން ގިނައިން ހުންނަ އެއްޗެކެވެ. ގިނަ އިރު ބަނޑުހައިނުވެ މެޓަބޮލިޒަމް އަވަސް ކޮށްދޭ އެއްޗެކެވެ. ކަދުރުގައި ހުންނަ ޕްރޮޓީން އިން ހަށިގަނޑުގެ މަސްލް މާސް އިތުރުކުރަން އެހީތެރިވެދޭނެ އެވެ. އަދި ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ އެވެ.

މި ޝޭކް ހަދާނެ ގޮތް

  • 20 ގްރާމް ޕިޓްކޮށްފައިވާ ކަދުރު
  • 200 އެމްއެލް (1 ޖޯޑު) ހަކުރު ނެތް ކިރު ނުވަތަ ސޯޔާ ކިރު
  • 1 ދޮންކެޔޮ ( ބޮޑަށް ދޮންވެފައި )
  • އައިސް ކިއުބް

މި އިންގްރީޑިއަންޓްސް މިކްސަރަށް އަޅާލާފައި އޮލަ ވަންދެން ގިރާލުމަށް ފަހު ބޯލާށެވެ. ބޭނުމިއްޔާ ވިޕްޑް ކްރީމް ކޮޅެއް މައްޗަށް އިތުރުކޮށްލާށެވެ.