އެމް-ފައިސާ ބޭނުންކޮށްގެން އައިފޯން ޕްރޯ މެކްސް ލިބޭ ޕްރޮމޯޝަންގެ މުއްދަތު މިއަހަރުގެ ނިޔަލަށް އިރުތުކޮށްފި!

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާ އިން ކުރިއަށް ގެންދާ ޕްރޮމޯޝަން "އެމް-ފައިސާ އެންޑް ވިން" ގެ މުއްދަތު ޑިސެމްބަރު 31، 2024 އަށް އިތުރުކޮށްފި އެވެ.

މި ޕްރޮމޯޝަނާ އެކު އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއަކަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޔޫޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1،500 ރުފިޔާ އާއި އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ހިމެނޭނެ އެވެ. ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެތާކު ކޮންމެ ވަގުތަކު ވެސް ފަސޭހަކަމާ އެކުފައިސާ ދެއްކޭނެ އެވެ. ޔޫޓިލިޓީ ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ގިނަ އަދި މަގުބޫލު ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ބިލަށް ފައިސާ ދެއްކޭނެ އެވެ.

އެމް-ފައިސާ އަށް ރެޖިސްޓާ ވާން ބޭނުންފުޅުވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ އެވެ.

އުރީދޫ އެޕް ޑައުންލޯޑް ކުރެއްވުމަށް: http://ore.do/app