ސައިފް އަލީ ޚާންއާއި އަމްރިތާ ސިންހްގެ ދޮށީ ދަރިފުޅު އިބްރާހިމް އަލީ ޚާންގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.

އިބްރާހީމް ބޮލީވުޑަށް ނުކުންނަން އުޅޭކަމަށް ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެފައިވާއިރު އޭނާގެ ފުރަތަމަ ފިލްމާ ބެހޭ ގޮތުން އަދި އެއްވެސް މައުލޫމާތެއް އެނގިފައެއް ނުވެ އެވެ.

އެހެން ނަމަވެސް ހަބަރުތައް ބުނާ ގޮތުގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ހަބަރު މިއަދުގެ ވަގުތެއްގައި ހާމަ ކުރާނެ އެވެ.

އިއްޔެގެ ވަގުތެއްގައި މީޑިއާއަށް ދިން އިންޓަވިއުއެއްގައި އިބްރާހީމްގެ އިންސްޓަގްރާމްއާ ބެހޭ ގޮތުން ސުވާލު ކުރެވެމުން އޭނާ ބުނީ މިއަދު ހެނދުނު 11 ޖަހާއރު އޭނާ މީޑިއާއާ ބައްދަލު ކުރާނެ ކަމަށެވެ.

މިއާއެކު މީޑިއާތަކުން ރިޕޯޓުކުރަން ފެށީ އޭނާ މިއަދު މީޑިއާއާ ބައްދަލު ކުރަން އުޅެނީ އޭނާގެ ފުރަތަމަ ފިލްމުގެ ހަބަރު ދޭން ކަމަށެވެ.

އިބްރާހީމްގެ ކޮއްކޮ ސާރާ އަލީ ޚާން މިހާރު ވަނީ ބޮލީވުޑަށް ނުކުމެފަ އެވެ. އޭނާގެ ފުރަތަމަ ފިލްމަކަށްވީ ސުޝާންތު ސިންހް ރާޖްޕުތުއާއެކު ފެނުނު "ކެދަރްނާތު" އެވެ.