އާމިރު ޚާންއަށް ބޮޑުބޭބެ ކިޔާ ތަރިއެއް ކަމަށްވާ އިމްރާން ޚާންއަކީ 2000ގެ ކުރީކޮޅު ކާމިޔާބު ފިލްމުތަކަކުން ފެނިގެންދިޔަ ތަރި އެކެވެ. 2015 ވަނަ އަހަރު ނުކުތް "ކައްޓީ ބައްޓީ" އަށްފަހު އޭނާ ވަނީ ބޮޑު ސްކްރީނުން ދުރަށް ގޮސްފަ އެވެ.

ގާތްގަނޑަކަށް 10 އަހަރުގެ މެދުކެނޑުމަކަށްފަހު އިމްރާން މިވަނީ އަނބުރާ ބޮލީވުޑަށް އަންނަން ތައްޔާރުވެފަ އެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ފެންނާނީ ބޮޑުބޭބެ އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމަކުންނެވެ.

ހަބަރުތައް ބުނާ ގޮތުގައި "ހެޕީ ޕަޓޭލް" ނަމަކަށް ދީފައިވާ އެ ފިލްމަކީ ކޮމެޑީ ފިލްމެކެވެ. އެ ފިލްމުގައި އިމްރާން ޚާން ފެނިގެންދާނީ ލީޑު ރޯލުންނެވެ.

މީގެ 8 މަހެއްހާ ދުވަސް ކުރިން އިމްރާން އަނބުރާ ބޮލީވުޑަށް އަންނަ ކަމުގެ އިޝާރާތެއް ދިން ނަމަވެސް އޭނާ އެނބުރި އަންނާނީ ކޮން ގޮތަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އިމްރާން ޚާން ބޮލީވުޑަށް ނުކުމެފައިިވަނީ 1988 ވަނަ އަހަރު ނުކުތް އާމިރުގެ ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް"ގައި އޭނާގެ ޅައުމުރުގެ ރޯލުންނެވެ.

ލީޑު ރޯލަކުން އާމިރު އެންމެ ފުރަތަމަ ފެނުނީ 2008 ވަނަ އަހަރު ނުކުތް "ޖާނޭ ތޫ ޔާ ޖާނޭނާ" އިން ޖިނީލިއާ ޑި ސޫޒާއާ އެކީގަ އެވެ.