އޭނާގެ އަމިއްލަ ދަރިންވެސް އޭނާގެ ލަފާ ހޯދައި ނޫޅޭ ކަމަށާއި އޭނާގެ ބަސް ނާހާ ކަމަށް ބޮލީވުޑްގެ "ޕާފެކްޝަނިސްޓް" އާމިރު ޚާން ބުނެފި އެވެ.
އާމިރު ބުނީ އާއްމުންގެ ތެރޭގައި އޭނާގެ ހައިސިއްޔަތާއެކު ވެސް ދަރިން ބެލުމުގައި އޭނާއަށް ވެސް ކުރިމަތިވަނީ ހަމަ އެހެން މައިންބަފައިންނަށް ވެސް ދިމާވާ ގޮންޖެހުންތައް ކަމަށެވެ.
އެގޮތުން އޭނާގެ ތިން ދަރިން ކަމަށްވާ ޖުނައިދުއާއި އިރާ އަދި އާޒާދު ވެސް އޭނާގެ ބަސްނާހާކަން ފާހަގަ ކުރަމުން އާމިރު ބުނީ އެއީ ބައްޕައަކަށް ދިމާވާ އެންމެ ބޮޑު އުނދަގޫ ކަމަށެވެ.
ކަޕިލް ޝަރްމާ ޝޯގައި ވާހަކަ ދައްކަމުން އާމިރު ބުނީ އަހަރުތަކުގެ ތެރޭގައި ދަރިން މައިންބަފައިންނަށް ކުރާ ގަދަރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ވެސް އާމިރު ބުންޏެވެ.
އާމިރު ޖުމްލަ ދެ ކައިވެންޏެއް ކުރިއިރު ފުރަތަމަ ކައިވެނިން ދެ ކުދިންނާއި ދެވަނަ ކައިވެނިން އެއް ކުއްޖަކު އޭނާއަށް ލިބިފައިވެ އެވެ.
ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަޑިއަށް
ދަފުތަރުގައި ނެތް 3 ކުންފުންޏަކަށް 52 މިލިއަންގެ ޕްރޮޖެކްޓް ބެހި
މައިކަލްގެ ބައޮޕިކް ފިލްމުގައި އޭނާގެ ކޮއްކޮ!