ޓީވީ ބަތަލާ ޖޭސްމިން ބާސިން އާ މިއަހަރު ކައިވެނި ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓީވީ އެކްޓަރު އަލީ ގޯނީ ބުނެފި އެވެ.

އަލީ އާއި ޖޭސްމިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައިވަނީ ކަލާޒް ޓީވީން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ "ބިގްބޮސް 14" ގައި އެވެ. އެކަމަކު އެ ޝޯގެ ކުރިން ވެސް އަލީ އާއި ޖޭސްމިންއާ ދެމެދު ހާއްސަ ގުޅުމެއް އޮވެ އެވެ. އެ ގުޅުން އެންމެ ބޮޑަށް ބަދަހިވީ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ނުވަ ވަނަ ސީޒަންގެ ތެރޭގަ އެވެ.

ކައިވެންޏާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުން އުމުރުން 33 އަހަރުގެ އަލީ ބުނީ އޭނާގެ މައިންބަފައިންވެސް އޭނާގެ ކައިވެންޏަށް އުއްމީދުކުރާ ކަމަށެވެ. އަދި މިއަހަރު ތެރޭގައި ކައިވެނި ކުރެވިދާނެ ކަމުގެ އިސާރާތެއް އަލީ ވަނީ ދީފަ އެވެ.

https://www.instagram.com/p/C5lJDWmP2vN/?utm_source=ig_embed&ig_rid=936b47f4-b002-426f-a807-31efd943b295&img_index=1

އަލީ އާއި ޖޭސްމިން އަކީ ވެސް އަރަމުން އަންނަ ދެ ޓީވީ ތަރިންނެވެ. ދެ ތަރިން ވެސް މިހާތަނަށް އެކިއެކި ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އަދި "ބިގް ބޮސް 14" ނިމުނު ފަހުން އެކީގައި ވީޑިއޯ ލަވައެއް ވެސް ކުޅެފައިވެ އެވެ.

https://www.instagram.com/p/C3wbTr9yuiT/

ކަޝްމީރަށް އުފަން އަލީ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޔޭ ހޭ މުހައްބަތޭ"، "ޔެ ކަހާ އާ ގައޭ ހަމް"، "ބަހޫ ހަމާރީ ރަޖްނީ ކަންތު" އަދި "ނާގިން 3" ހިމެނެ އެވެ.

މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް ޕްރޮޑިއުސްކުރާ ފިލްމަކުން މިދިޔަ އަހަރު ފުރުސަތު ލިބުނު ޖޭސްމިން އަކީ ސިލްސިލާތަކުގެ އިތުރުން އިންޑިއާގެ ރީޖަނަލް ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ. ރާޖަސްތާނަށް ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ ޕަންޖާބީ ކޮމެޑީ "ހަނީމޫން" އެވެ.