ލޮނުމެދަކީ އަހަރުމެންގެ އާއްމު ކެއްކުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ އެއިން ލިބޭ ފައިދާތަކަށްޓަކައި މަޝްހޫރު ބާވަތެކެވެ. އެހެން ނަމަވެސް ނޭނގި އޮތް ކަމަކީ ނޮޅާލުމަށްފަހު ގިނަ ފަހަރަށް އުކާލެވޭ ލޮނުމެދު ތޮށިން ވެސް ގިނަ ފައިދާތަކެއް ލިބޭ ކަމެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ލޮނުމެދު ތޮށްޓަކީ އެކި ކަހަލަ ވިޓަމިންތަކާއި މިނަރަލްތަކުން މުއްސަނދިވެފައވާ އެއްޗެކެވެ. އެހެން ކަމުން ލޮނުމެދު ތޮށި ފާހަގަ ކުރެވެނީ އާއްމު ސިއްހަތަށް ދިމާވާ އެކި މައްސަލަތަކުގެ ފަރުވާއެއްގެ ގޮތުގަ އެވެ.
އެގޮތުން ބަލާއިރު ލޮނުމެދު ތޮށި ހުހަށް ކެއުމަކީ އޭގައި އެކުލެވޭ އެންޓި އޮކްސިޑަންޓްތަކުގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް ކޮންޓްރޯލް ކޮށްދޭ ކަމެކެވެ.
ހަމައެއާއެކު ލޮނުމެދު ތޮށްޓަކީ އިންސާނާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ އާއްމު ސިއްހަތު ރަނގޅު ކޮށްދޭ އެއްޗެއް ކަމަށް ސައންސްވެރިން ބުނެ އެވެ.
މީގެ އިތުރުން ވެސް ލޮނުމެދުގައި އެކުލެވޭ ކެމިކަލްތަކުގެ ސަބަބުން އިސްތަށިގަނޑުގައި އެ އުނގުޅައިފިނަމަ ބޮލުގައި ހުންނަ ޖަރާސީމުތައް މަރާލައި އިސްތަށިގަނޑު ވަރުގަދަކޮށްދެ އެވެ.
އެހެން ކަމުން ދެން ފަހަރަކުން ލޮނުމެދު ކޮށުމަށްފަހު ތޮށިތައް އުކާލުމުގެ ބަދަލުގައި އެއިން ސިއްހަތަށް ފައިދާހުރި ބޭނުމެއް ކުރާށެވެ.
އާޖެންޓީނާ ޓީމުން މެސީގެ ޖާޒީ ހާއްސަވަނީ ކީއްވެ؟
އިޒްރޭލު މީހުން ބުނަނީ ހަނގުރާމަ ކާމިޔާބު ކުރީ އީރާނުން ކަމަށް
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރަން: އީރާން