ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 700،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 728،950 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 644،721 ޓޫރިސްޓުންނަށް ވުރެ 84،229 ޓޫރިސްޓުން އިތުރުވުމެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ޗައިނާ، އިނގިރޭސިވިލާތް އަދި ރަޝިއާއިން ކޮންމެ ގައުމަކުން 70،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިސްޓުން އެންމެ ގިނައިން އައި 10 ގައުމު:

  • ޗައިނާ - 77،709 ޓޫރިސްޓުން
  • އިނގިރޭސިވިލާތް - 72،635 ޓޫރިސްޓުން
  • ރަޝިއާ - 72،336 ޓޫރިސްޓުން
  • އިޓަލީ - 66،170 ޓޫރިސްޓުން
  • ޖަރުމަނު - 57،321 ޓޫރިސްޓުން
  • އިންޑިއާ - 40،358 ޓޫރިސްޓުން
  • ފްރާންސް - 27،894 ޓޫރިސްޓުން
  • އެމެރިކާ - 25،589 ޓޫރިސްޓުން
  • ސްވިޓްޒަލޭންޑް - 18،548 ޓޫރިސްޓުން
  • ޕޮލެންޑް - 15،316 ޓޫރިސްޓުން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6،451 ޓޫރިސްޓުން އާދެ އެވެ. އަދި އެވްރެޖްކޮށް ޓޫރިސްޓުން ރާއްޖޭގައި 7.9 ދުވަސް ހޭދަކުރެ އެވެ.

ޓޫރިސްޓުން ޚިދުމަތް ދޭން މިވަގުތު ރާއްޖޭގައި 62،232 އެނދު ވަނީ ނެރެފަ އެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސް އަދި ސަފާރީތައް ވެސް ހިމެނެ އެވެ.