ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ޒީނަތު އަމަންއަކީ އޭނާ ފާޅުކުރާ ޚިޔާލުތަކަށްޓަކައި އާއްމުކޮށް މީހުންގެ ސަމާލުކަން ހޯދާ ތަރި އެކެވެ.
އެގޮތުން އެންމެ ފަހުން ޒީނަތު ޒުވާނުންނަށް ދިން ނަސޭހަތުގެ ސަބަބުން އޭނާއަށް މިވަނީ އާއްމުންގެ ފާޑުކިޔުމާއި ނަފްރަތު ވެސް އަމާޒުވެފަ އެވެ.
ޒީނަތު ބުނެފައިވަނީ ކައިވެނި ކުރުމުގެ ކުރިން އެކުގައި ދިރިއުޅުމަކީ ދެމީހެއްގެ ގުޅުން ވަރުގަދަ ވާނެ ކަމެއް ކަމަށާއި އިންޑިއާގައި އެ ސަގާފަތް އާލާކުރަން ޖެހޭ ކަމަށެވެ.
އެކަމުން ދެފަރާތުގެ މެދުގައި އެކަކު އަނެކަކާމެދު އިތުބާރާއި ޔަގީންކަން އުފެދި ވަރީގެ ރޭޓު ވެސް ދަށްވާނެ ކަމަށް ޒީނަތު ބުނެފައިވެ އެވެ.އެއާއެކު އާއްމުން އަންނަނީ ޒީނަތުގެ އެ ނަސޭހަތަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.
އެގޮތުން އެފަދަ ކަމަކަށް ނަސޭހަތް ދިނުމަކީ އިޖުތިމާއީ ގިނަ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.އާއްމުންގެ އިތުރުން ޒީނަތާއެކު މަސައްކަތްކުރި އޭނާގެ ކޯ ސްޓާރުން ވެސް އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެ ގޮތުން ސައިރާ ބާނޫ، މުމްތާޒް އަދި މުކޭޝް ހަންނާ ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން މިހާތަނަށް ޒީނަތު އާއްމުކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
މުއިއްޒާއި ޝިޔާމް ހަދަނީ ދޮގު، އިހުތިޖާޖު ހުއްޓާނުލާނަން
ކަންކަން ލަސްވަނީ އިގްތިސާދީގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން
މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް ދުވާފަރަށް ވަޑައިގެންފި
ދިވެހި ރާއްޖެއިން ކިޔަވާގެން ގޮސް އެއުޅެނީ ޒީނަތު.