ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) އިން ކަރަންޓު ކެނޑި، އޮޕަރޭޝަންތަކަށް ބުރޫއަރައިފި އެވެ.

ރާއްޖޭގެ މައި ވައިގެ ބަނދަރުން ކަރަންޓް ފުރަތަމަ ދިޔައީ މިއަދު ހެނދުނު 8:30 ހާއިރު އެވެ.

މުޅި އެއާޕޯޓުން ކަރަންޓު ދިއުމުގެ ސަބަބުން ޗެކިން ހެދުމަށް ބުރޫއަރައި، ބައެއް ފްލައިޓުތައް ވަނީ ޑިލޭވެފަ އެވެ.

އެއާޕޯޓުގެ ކަރަންޓު ދޭ ނިޒާމަށް ހެނދުނު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑުފަހު އަލުން ކަރަންޓު ދެވޭވަރުވީ އޭގެ ދެގަޑިއިރު ފަހުން ކަމަށްވެ އެވެ.

އެ ކުންފުނީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝައްމާން ޝާކިރު "ހުރިހާ" އަށް ވިދާޅުވީ ބެކަޕް ޖަނަރޭޓެއް ގެންގޮސް އިންޓަނޭޝަނަލް ހެނދުނު ޓާމިނަލްއަށް ކަރަންޓް ދިން ކަމަށެވެ. އަދި އޭގެ ފަހުން 4:30 ހާއިރު އަނެއްކާ ވެސް ކަރަންޓު ކެނޑިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހެނދުނު ދިމާވި މައްސަލައަށްފަހު މިހާރު ވެސް ކަރަންޓު ކެނޑިގެން މިއުޅެނީ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރަމުން ދަނީ،" ޝަމްއާން ވިދާޅުވި އެވެ.

ޝައްމާން ވިދާޅުވި ގޮތުގައި ކަރަންޓު ކެނޑުމުގެ މައްސަލަ މިއަދު ދިމާވިއިރު، އެއާޕޯޓުގެ ޕަވާ އަޕްގްރޭޑިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އޮޕަރޭޝަނަށް ބުރުލެއް ނައިސް ހިދުމަތް ދިނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު އިތުރަށް ކެނޑިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިހާރު ވެސް ބައެއް ތަންތަނުގައި ކަރަންޓު އެބަހުރި. އެކަމަކު މުޅި އެއާޕޯޓަށް އަދިވެސް ކަރަންޓު ނުދެވޭ،" އޭނާ ވިދާޅުވި އެވެ.