ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ މިހާރު ބޮލީވުޑް ޖޯޑުތަކުގެ ތެރެއިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެއް ޖޯޑެވެ. އެ ދެމީހުންނަކީ އެންމެ ކާމިޔާބު ޒުވާން ތަރިންގެ ގޮތުގައި ވެސް މީހުން ސިފަކުރެ އެވެ.
2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކައިވެނިކުރި ރަންބީރާއި އާލިއާ ވަނީ އިއްޔެ އެމީހުންގެ ކައިވެނީގެ ދެވަނަ އަހަރީ ދުވަސް ފާހަގަކޮށްފަ އެވެ.
ކުއްލިގޮތަކަށް ކައިވެނި ކުރުމަށްފަހު އެ ދެމަފިރިން އެމީހުންގެ އަލަތު ދަރިފުޅު ރަހާއަށް މަރުހަބާ ކިޔާފައިވަނީ ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.
އެއަށްފަހު އެ އާއިލާ ފާހަގަ ވެފައިވަނީ ވަރަށް ލޯބިން އުޅޭ އާއިލާއެއްގެ ގޮތުގަ އެވެ. މީޑިއާތަކަށް އެ އާއިލާ ފެންނަނީ ގިނައިން އެކުގަ އެވެ.
އެމީހުންގެ ކައިވެންޏަށް ދެ އަހަރު ވެފައިވާއިރު ރަންބީރުގެ އާއިލާއިން ވެސް އެމީހުންގެ ދަނބިދަރި އާލިއާއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައިވެ އެވެ.
އެގޮތުން ރަންބީރުގެ މަންމަ ނީތޫ ކަޕޫރު ބުނީ އާލިއާއަކީ އެ އާއިލާއަށް ލިބޭނެ އެންމެ ރަނގަޅު ދަނބިދަރި ކަމަށާއި އޭނާގެ ޒިންމާތައް ފުރިހަމައަށް އަދާކުރާ މީހެއް ކަމަށެވެ.
ކޮންގޯގެ "ސްޓެޗޫ" ސަޕޯޓަރަށް އެމެރިކާގެ ވިސާއެއް ނުލިބުނު!
ނޭދަލޭންޑްސް ހިތްދަތި ގޮތަކަށް ބަލިވެއްޖެ
މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ސާވޭއެއް ފަށައިފި