މި އަހަރުގެ ރަމަޟާން މަސް ނިންމައި އަހަރުމެން އިއްޔެ ފިތުރު އީދު ދުވަސް ފާހަގަ ކޮށްފީމު އެވެ. ދެން އޮތީ ޝައްވާލު މަހުގެ ހަ ރޯދަ އެވެ.
ޝައްވާލު މަހުގެ ހަ ރޯދައަކީ ދީނީ ގޮތުން ބަލާއިރު ވެސް ސުންނަތްކަން ގަދަވެެގެންވާ ރޯދަ ތެކެކެވެ. އެގޮތުން ރަމަޟާން މަހުގެ ރޯދަތަކާއި ޝައްވާލު މަހުގެ ހަ ރޯދަ ހިފައިފި މީހަކަށް މުޅި އަހަރު ރޯދަ ހިފުމުގެ ސަވާބު ލިބޭނެކަމަށް ވާރިދުވެފައިވެ އެވެ.
ހަ ރޯދަަ ހިފުމުގައި ސިއްހީ ގޮތުން ބައެއް ކަންކަމަށް ސަމާލުވުން އެދެވިގެންވެ އެވެ. އެއީ ހަ ރޯދައަށްފަހު އާދައިގެ ދިރިއުޅުމަށް ހޭނުމުގެ ގޮތުންނެވެ.
އެގޮތުން ކެއިންބުއިމުގައި މެދުމިން ގެންގުޅެ ހަރަކާތްތެރިވެ އުޅުން އިތުރު ކުރުމަކީ އާއްމު ދިރިއުޅުމަށް އެނބުރި ދާން ތައްޔާރު ވުމުގެ ގޮތުން ހަ ރޯދައިގައި ކުރެވިދާނެ ކަންކަމެވެ.
އެހެން ކަމުން އެއްވެސް މުސްލިމަކުޝައްވާލު މަހުގެ ހަ ރޯދަ ފުރުސަތު ގެއްލުވާލުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އެހެނެއް ކަމަކު ރަމަޟާން މަހު އަޅުކަމުގައި ދެއްކި ހިތްވަރު އަލުން ދައްކަންވީ އެވެ.
މިއީ މޫނު ދޮވުމުގައި ސަމާލުވާންވީ ކަމެއް!
ރައީސް މުއިއްޒު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރަނީ
މިއީ އެންމެ ފުރަތަމަ ކަރިސްމާއަށް ހުށައެޅުނު ފިލްމުތަކެއް!