ތ. ވިލުފުށި ކައިރީ އޮންނަ ފަޅު ރަށަކަށް ދަތުރު ދިޔަ އަންހެން ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.
މި ހާދިސާއާ ބެހޭ ގޮތުން ފުލުހުން ބުނީ ވިލުފުށި ކައިރީ އޮންނަ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެނބިގެން މަަރުވެފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެނދުރު 12:45 ގައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ ކުއްޖާ ގެނބިގެން ވިލުފުށި ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
މިމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މޮޑެލް ހެދުމަކީ ޝާފިއުގެ ކާމިޔާބު ހޮބީ!
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 23،000 މީހުން
"ލަފާދޭ ގައުމީ މަޖިލީހުގައި 100 ތަޖުރިބާކާރުން ތިބޭނެ"