2000ގެ އަހަރުތަކުގައި ބޮލީވުޑުގެ ގިނަ ފިލްމުތަކުން ވިދާލި ސުޝްމިތާ ސެންއަކީ އޭނާގެ ޒާތީ ހަޔާތުގެ ސަބަބުން މީޑިއާގެ ސަމާލުކަން ހޯދާފައިވާ ތަރި އެކެވެ.
އެގޮތުން އޭނާގެ ކުރީގެ ލޯބިވެރިންނާއެކު އޮތް ގުޅުމާއި ބެހޭ ގޮތުން ވެސް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވިފައިވެ އެވެ. އެންމެ ފަހުން އޭނާ މިވަނީ އޭނާގެ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
ސުޝްމިތާ ބުނީ އޭނާގެ ދިރިއުޅުމަކީ ހުޅުވިފައިވާ ފޮތެއް ކަމަށާއި މިހާތަނަށް އޭނާގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ފޮރުވާފައި ނުވާނެ ކަމަށެވެ.
ސުޝްމިތާ އިތުރަށް ބުނީ އަދި އޭނާ އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެން ނޫޅުނު ނަމަވެސް ކޮންމެވެސް ދުވަހަކުން ކައިވެނި ކުރާނެ ކަމަށެވެ.
ސުޝްމިތާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އިންޑިއާގެ ސިޔާސީ މަޝްރަހުން ފާހަގަވި ލަލިތު މޯދީއާ ކަމަށް ހަބަރުތައް ބުނެ އެވެ.
ގަސް ހައްދަންވީ ހަމައެކަނި "ހޮބީ"އަކަށް ނޫން!
ހަނގުރާމަ ނިންމަން ސުލްހައިގެ ޕްލޭނެއް އެމެރިކާއިން ހުށަހަޅައިފި
އިންޑިއާގެ އެންމެ މުއްސަނދި 10 ޓީވީ ތަރިން