އެ ބިލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައި ވިޔަސް އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މާއްދާގައި ބަޔާން ކުރުމެވެ. އެގޮތުން އިސްތިއުފާ ދޭންޖެހޭނެ ތިން ހާލަތެއް ވަނީ ބަޔާންކޮށްފައި. ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވަނީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތުގަ އާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތުގައި.

ރިޝްވަތު ނަގައިގެން މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލް ކޮމިޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. ބިލު ދިރާސާކުރަން އުފެއްދި ހާއްސަ ކޮމިޓީން ވަނީ ބިލު ތަޅުމަށް ފޮނުވުމުގެ ކުރިން ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ.

މި އިސްލާހުތަކާ އެކު މަޖިލީހުން ބިލު ފާސްކުރީ 33 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލް ފާސްކުރުމުގެ ކުރިން ކޮމިޓީ މަރުހަލާގައި ދިރާސާކުރަން ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ނެގި އެވެ. އެ ކޮމިޓީގައި ތިއްބެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒާއި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އާއި މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫނެވެ.

އެ ބިލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައި ވިޔަސް އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މާއްދާގައި ބަޔާން ކުރުމެވެ. އެގޮތުން އިސްތިއުފާ ދޭންޖެހޭނެ ތިން ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ.

ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވަނީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތުގަ އާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތުގަ އެވެ.

ބިލުގައިވާ ގޮތުން އެ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު "މެންބަރުކަމުން އިސްތިއުފާ ދޭންވާނެ" އެވެ. އެކަމަކު އިސްތިއުފާ ނުދީފިނަމަ ދެން ވާނެ ގޮތެއް އެ ބިލްގައި ބަޔާންކޮށްފައެއްނުވެ އެވެ.

އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭ އެ ނިންމުމަކާ ގުޅޭ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މީހަކަށް ލިބިގެންވާ ކަމަށް އެ ބިލްގައިވެއެވެ. އަދި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަހަނާޅާ ނަމަ، އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށް އެ ބިލްގައިވެ އެވެ.

ހަމައެހެންމެ އެ މެންބަރަކު ޕާޓީން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި ނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށް ވެސް ބިލްގައި ބަޔާންކޮށްފައިވެ އެވެ.

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅައި ގާނޫނެއް އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. ނަމަވެސް އޭރު އޮތް ސަރުކާރު ބަދަލުވުމާއެކު އެމްޑީޕީން ވަނީ އެ ގާނޫނު އުވާލައިފަ އެވެ.

އެޑިޓަރުގެ ނޯޓް: މީގެ ކުރިން ވެސް މިފަދަ ބިލެއް ފާސްކުރި އެވެ. ނަމަވެސް އެ ގާނޫނު ވަނީ 2019 ވަނަ އަހަރު އުވާލާފައި އެވެ.