ފުވައްމުލަކުގައި ކުއްލިއަކަށް ކޮވިޑް ފެތުރުމާ ގުޅިގެން، މިހާތަނަށް އެރަށުގެ 547 ގެއެއް ކަރަންޓީންކޮށްފި އެވެ.
މި ބައްޔަށް އެ ރަށުން އިއްޔެ އެއްވެސް ޕޮޒިޓިވްވެފައެއް ނުވެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އެ ރަށުން މިހާތަނަށް 22 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެ ކައުސިލުން ބުންޏެވެ.
ފުވައްމުލަކުގައި ކޮވިޑް ފެތުރުމާ ގުޅިގެން މިހާތަނަށް 620 މީހަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. އަދި 329 ސާމްޕަލް ނަގައި، އޭގެ ތެރެއިން 71 ސާމްޕަލެއްގެ ނަތީޖާ ނުލިބިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެ ރަށުން މިހާތަނަށް 22 މީހުން ޕޮޒިޓިވްވިއިރު ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
			ކޮޅުވެއްޓި ހާދިސާ: އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
		
			ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
		
			މާ އަވަސް އަރުވާލައިގެން ކާނަމަ ބަރުދަން އިތުރުވޭ!