ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދާން ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ހުއްޓާލާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ށ. އަތޮޅަށް ކުރާ ކެމްޕޭނު ދަތުރުގައި ށ. މާއުނގޫދޫ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނކުފާނުގެ ސަރުކާރުން ށ. މާއުނގޫދޫ އާއި ށ. އަތޮޅުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން އެރަށު ރައްޔިރުން އެދުނު ގޮތަށް ބަނދަރު ބޮޑުކޮށް މަލްޓި ޕާޕަސް ހޯލު އަދި ގޮނޑުދޮށް ހިމާޔަތްކުރުން އަދި ފެނާ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވާ ކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ފާހަގަކުރެއްވިގޮތުގައި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައްޓަވާ ހިނގަމުންދިޔަ ހުރިހާ މަޝްރޫއެއްހެން ޑރ. މުއިއްޒުގެ ސަރުކާރުން ހުއްޓުމަކަށް ގެނެއްސި ކަމަށެވެ.

ށ.މާއުނގޫދޫގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ޖަލްސާގެ ތެރެއިން.. ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބު ތެރޭގައި ރައީސް ޑރ. މުއިއްޒު ވައުދުވީ ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށާއި އަދި އެގްރީމަންޓެއް ކޮށްފައިވާނަމަ އެއެގްރީމަންޓަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ކަމޭހިތާނެ ކަމަށް ވިދާޅުވެ، ދިމާ އިދިކޮޅަށް ރައީސް މުއިއްޒު އަމަލުކުރައްވަމުންދާކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. އަދި އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް އެދޮގު ތަކުރާރުކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ.

ށ.މާއުނގޫދޫގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ޖަލްސާގެ ތެރެއިން.. ފޮޓޯ: އެމްޑީޕީ

އަދިދައުލަތުގެ ބަޖެޓަށް ދަތިވަނީ ހަމައެކަނި ރަށްރަށުގެ މަޝްރޫއުތައް ހިންގަންވީމަކަމަށާއި އެހެންނަމަވެސް ސިޔާސީ ވަޒީފާ ރެކޯޑު އަދަދަކަށް މިސަރުކާރުން އިތުރުކުރަމުންދާކަންވެސް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

ށ.އަތޮޅަށް އެމްޑީޕީއިން ކުރަމުން ގެންދާ ކެމްޕޭނު ދަތުރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބައެއް ކައުންސިލުތަކާއި ބައްދަލުކުރައްވާ މަޝްރޫއުތައް ހުއްޓުމަކަށް ގެނެސްއޮތީ ކީއްވެތޯ ކައުންސިލްތަކުން ސުވާލު ކުރުމުން ރައީސް މުއިއްޒު ބަޖެޓުގެ ދަތިކަން ހުރިކަމަށް ވިދާޅުވާކަމަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރެކޯޑު އަދަދަކަށް ސިޔާސީ ވަޒީފާ އިތުރު ކުރައްވާ އެ އަދަދު މީން ޒަމާނެއްގައިވެސް ދުވަހަކުވެސް އިތުރުނުވާކަމަށާއި މިހާރު އެ އަދަދު 1500 އަށް އަރާ ކަމަށް ފާހަގަކުރެއްވި އެވެ.