ބައެއް ކެއުންތަކަކީ އެކި ގޮތްގޮތުން އަހަރުމެންނަށް އަސަރު ކުރުވާ ކެއުންތަކެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ގޯސް މޫޑެއްގައި ހުރިނަމަ މޫޑު ރަނގަޅުކޮށްލަން ކެވިދާނެ ބައެއް ކެއުންތަކަށެވެ.
ޑާކް ޗޮކްލެޓް
ކޮކޯއަކީ މޫޑު ރަނގަޅުކޮށް ހުރުމަށް ސިކުނޑިން އުފައްދާ ހޯމޯންއެއް ކަމަށްވާ ސެރޮޓޮނިން އުފެއްދުމަށް ބޭނުންވާ ޓްރިޕްޓޮފަން ނަމަކަށް ކިޔާ މާއްދާއެއް ވަރަށް ގިނައިން އެކުލެވޭ އެއްޗެކެވެ.
ގްރީން ޓީ
ބަރުދަން ލުއިކޮށްދޭ ކަމަށް ނަން މަޝްހޫރު ވެފައިވާ ގްރީން ޓީ އަކީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދޭ އެންޓި އޮކްސިޑަންޓްސް ގިނަ އަދަދަކަށް އެކުލެވޭ ބުއިމެއް ކަމުން މޫޑު ރަނގަޅުކޮށް ހުރުމަށް އެހީވެދެ އެވެ.
ކެފެއިން
ސިކުނޑީގެ މަސައްކަތްތައް ރަނގަޅު ކޮށްދޭ ޑޮޕަމޮއިން ނަމަކަށް ކިޔާ ކެމިކަލްއެއް އުފައްދައިދޭ ކެފެއިން އަކީ މޫޑު ރަނގަޅު ކުރުމަށް ވެސް އެހީވެދޭ އެއްޗެކެވެ. އެހެން ކަމުން ދުވާލަކު ކޮފީ ތަށްޓެއް ބުއިމަކީ މާ ގޯސް ކަމަކަށް ނުވާނެ އެވެ.
ބަދަނުގެ ބާވަތްތައް
ވިޓަމިންއާއި މިނަރަލްސްގެ އިތުރުން މެގްނީޒިއަމް މުއްސަނދި ބަދަނުގެ ބާވަތްތަކަކީ މޫޑު ރަނގަޅު ކޮށްދޭ ކެއުމެކެވެ. ހަށިގަނޑުގައި މެގްނީޒިއަމް ދަށްވުމަކީ ޑިޕްރެޝަން އަށް މަގުފަހިވާ ކަމެކެވެ.
14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!