މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރު ޖެއްސި މީހާ ހައްޔަރުކޮށް، އެމީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ފިރިހެން މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޕިކަޕެއްގެ ތެރޭގައި ހުރެ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހާ، އެ ޕިކަޕްގެ ފަހަތުގައި ސައިކަލެއްގައި އިން އަންހެނަކަށް ޖިންސީ ފުރައްސާރަކުރާ ކަމަށް ދޭހަވާ ވައްތަރުތަކެއް ވެސް ޖެއްސި އެވެ.
އޭނާގެ އެ އަމަލާ މެދު ސޯޝަލް މީޑިއާގައި މީހުން ނުރުހުން އަންނަނީ ފާޅުކުރަމުނެވެ.
ފެންވަރަން ރަނގަޅީ ހެނދުނުތަ؟ ނޫނީ ރޭގަނޑުތަ؟
އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި 3 މީހުން މަރުވި