ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓް ގާނޫނީ ވަކީލު އަބްދުﷲ ނަސީރު މުހައްމަށް ދީފި އެވެ.
ނަސީއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީކަން ކުރެއްވި ބޭފުޅެކެވެ.
ގދ. ގައްދުއަށް ނިސްބަތްވެވަޑައިގަންނަވާ ނަސީރަކީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރެއްވި ބޭފުޅެކެވެ. އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކާ ވާދަކުރައްވައި ނަސީރު ބަލިވީ ހަތަރު ވޯޓުގެ ތަފާތުންނެވެ.
ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ޖާބިރެވެ. ނަމަވެސް ޖާބިރުގެ އަހްލާގީ މައްސަލަތަކަކާ ގުޅިގެން އެމްޑީޕީން ވަނީ އޭނާގެ ޓިކެޓް އަތުލައިފަ އެވެ.
އީރާނުގެ މުޅި އަސްކަރިއްޔާ ނެތިކޮށްލާނެ ކަމަށް އިޒްރޭލުން ބުނެފި
މޫނުގެ ހަން ހިކޭނަމަ މި އުފެއްދުންތައް ބޭނުން ނުކުރާތި!
