އެންމެ ޒަމާނީ ވަސީލަތްތަކާއެކު އަންހެނުންނަށް ހާއްސަ ސެލޫނެއް ހުޅުމާލެ ފޭސް 1ގައި މިދިޔަ ހުކުރު ދުވަހު ހުޅުވައިފި އެވެ.

"ބިއުޓީ ބާ ބައި ޒީ"ގެ ނަމުގައި ޒީ މޯލްޑިވްސް އިން ހުޅުވި މި ސެލޫނުން އަންހެނުން ރީތިވުމަށް ބޭނުންވާ އެންމެ ފަހުގެ ހިދުމަތްތައް ލިބެން ހުރެ އެވެ. މި ސެލޫންގައި އަންހެނުން ޒީނަތްތެރިވުމަށް، ފޯރުކޮށްދޭ މައިގަނޑު ހުރިހާ ޚިދުމަތްތަކެއް ވެސް ފޯރުކޮށްދެނީ ރާއްޖޭގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ދެ ބިއުޓީޝަނުންނެވެ.

އަންހެނުންނަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް 1 ގައި ހުޅުވި ސެލޫންގައި ކަސްޓަމަރަކަށް ހިދުމަތް ދެނީ.

ބިއުޓީ ބާ ބައި ޒީ އިން ލިބެން ހުންނަ ހިދުމަތްތަކުގެ ތެރޭގައި އިސްތަށިގަނޑު ކޮށުމާއި، ދޮވުމާއި ކުލަ ޖެއްސުމާއި، އަދި ފޭޝަލް ހެދުމާއި، ނިޔަފަތިތައް ސާފުކޮށް ރީތިކުރުމާއި، ވެކްސް ކުރުން ވެސް ހިމެނެ އެވެ. މި ސެލޫންގައި ބޭނުންކުރަނީ ފްރާންސްގެ އުފެއްދުންތަކެވެ.

ޒަމާނީ ފެންވަރަށް ހަދާފައިވާ މި ސެލޫން ހުންނަނީ ހުޅުމާލެ ފޭސް 1ގެ ރިއޯ ގްރޭންޑް ރެސްޓޯރެންޓް ކައިރީގައި، ކިނބިގަސް މަގު 5 މަގު 5 ނަމްބަރު ގޯޅީގަ އެވެ.

އަންހެނުންނަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް 1 ގައި ހުޅުވި ސެލޫންގައި ކަސްޓަމަރަކަށް ހިދުމަތް ދެނީ.

މި ސެލޫން ހުޅުވާފައި ހުންނާނީ ހެނދުނު 11:30 އިން ރޭގަނޑު 8:30 އަށެވެ. އަދި ޚިދުމަތްތަކަށް ބުކިން ހެއްދެވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް، 9875005، 3345005 އަށް ގުޅުއްވައިގެން ދުރާލައި އެޕޮއިންޓްމެންޓް ހަމަޖެއްސޭނެ އެވެ.