ޑީއެޗްއެލް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
ބަންދުގެ އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ހުރި އެ ޕާރުސަލަކީ އޭނާގެ އެއްޗެއްކަން ފުލުހުން ކަށަވަރު ކުރީ, ޕެކޭޖުގައި ޖަހާފައި އޮތް ފޯން ނަންބަރާއި އޭނާ ގެންގުޅޭ ފޯން ނަންބަރު ދިމާވުމުންނެވެ. އޭނާގެ ފޯނުގައި ޕެކޭޖުގެ ޓްރެކިން ނަންބަރު ނޯޓުކޮށްފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.
އެމީހާ ހައްޔަރު ކުރީ ޕާރްސަލް ބަލާ ޑީއެޗްއެލް އަށް ގޮސް ހުއްޓައެވެ.
ހިކަނދިފަތް ނުކައި އުކާލުމުގެ ކުރިން ވިސްނާލާ!
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
މާ ގިނައިރު އޭސީގައި އުޅޭނަމަ ދިފާއީ ނިޒާމު ބަލިކަށިވޭ!