ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް އަވަހާރަވެއްޖެ އެވެ.
އެނގިފައިވާގޮތުގައި ވިޝާމް ގޭގައި އަވަހާރަވެފައި އޮއްވައި ފެނުނީ މިރޭގެ ވަގުތެއްގަ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނޭނގެ އެވެ.
ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވާ ވިޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސިސްޓެންޓް އެޓާނީ ޖެނެރަލްކަން ވެސް ކުރައްވާފަ އެވެ.
އޭނާ އަކީ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސެވެ. ރައީސް ކަމަށް އޭނާ އ ވިޝާމް އިންތިހާބުކުރީ ޖޫން 11، 2022ގަ އެވެ.
ފުންފަޅުގޭގައި ރޯވުން: 28 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދިން
ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ފާޑުކިޔަނީ
ކެންސަރުގެ ފޭކް އިންޖެކްޝަނަކީ ބަލި މީހަކު ބޭރުން ގެނައި އެއްޗެއް
