ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ކަންތައްތައް ބަލަހައްޓާ އިންޓަނޭޝަނަލް އޭޖެންސީކަމަށްވާ އައިކާއޯއިން ހުރިހާ އެއާޕޯޓަކަށް އަހަރަކު އެއް ފަހަރު ހިންގުމަށް މަތިކޮށްފައިވާ އެއާޕޯޓް އެމަޖެންސީ އެކްސަސައިޒްއަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ތައްޔާރުވާން ފަށައިފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި އެކްސަސައިޒްގެ ބޭނުމަކީ އެމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެއާޕޯޓާއި އަދި އެއާޕޯޓް ހިމެނޭ ސަރަހައްދުގައިވާ ގުޅުންހުރި މުއައްސަސާތައް އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތައް ބަލާ، މުރާޖައާކޮށް އަދި އެއަށް ފަރިތަވުމެވެ.
މި ތަމްރީންތަކުގައި އެއަރޕޯޓާއި، ކައުންސިލް ތަކާއި، ޕޮލިސް، އެމްއެންޑީއެފް އަދި ހެލްތް ސެންޓަރުތައް ބައިވެރިވާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ބުނެ އެވެ.
ގަސްގަހާގެހީގެ ކާނާއިން ހަނދާން ނެތޭ ބަލީގެ ނުރައްކާ ކުޑަވޭ!
މާލެ ސަރަހައްދުން ދެ މީހަކަށް ހިމަބިހި ޖެހިއްޖެ
ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްފި