ސޯޝަލް މީޑިއާގައި ފެޝަން ބްރޭންޑެއް ޕްރޮމޯޓް ކުރަން ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ވީޑިއޯއެއް ކުޅެފައިވާ ކަމަށް ފެނުނު ނަމަވެސް އެއީ އޭނާ ނޫން ކަމަށް ނޯރާ ބުނެފި އެވެ.
އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާ ކުރަމުން ނޯރާ ބުނީ އޭނާއަށް ވެސް ހައިރާންކަން ލިބިފައިވާ ކަމަށާއި ވީޑިއޯއިން އެ ފެންނަނީ އޭނާ ނޫން ކަމަށެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުގައި ނޯރާއާ ވައްތަރު މީހަކު އެ ބްރޭންޑް ޕްރޮމޯޓްކުރާ މަންޒަރު ފެންނައިރު ގިނަ ބަޔަކު އަންނަނީ އެ ވީޑިއޯ ޝެއާ ވެސް ކުރަމުންނެވެ.
ބޮޑަށް ބެލެވޭ ގޮތުގައި އެ ވީޑިއޯއަކީ ޑީޕްފޭކް ވީޑިއޯ ސޮފްޓްވެއާ ބޭނުން ކޮށްގެން ހަދާފައިވާ ވީޑިއޯ އެކެވެ.
މީގެ ކުރިން ވެސް ބޮލީވުޑް ތަރިން ކަމަށްވާ ރަޝްމިކާ މަންދަނާ، ކެޓްރީނާ ކައިފް، އާލިއާ ބަޓް އަދި ކާޖޮލް ފަދަ ތަރިންގެ ޑީޕްފޭކް ވީޑިއޯތައް ވެސް ވަނީ އާއްމުވެފަ އެވެ.
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި
ޑޮލަރުގެ ދަތިކަން ބޮޑުވީ 500 މިލިއަންގެ ސުކޫކު ދެއްކުމުން: ޒަރީރު
ވިތްހޯލްޑިން ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި