ރާއްޖޭގެ ރައީސްކަމާ މިދިޔަ ނޮވެމްބަރު މަހު 17 ވަނަ ދުވަހު ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކަށް ރަސްމީ ދަތުރެއް ރައީސް މުހައްމަދަު މުއިއްޒު ކުރެއްވުމުގެ ބަދަލުގައި މުޅިން ވެސް ބޭރު ގައުމުތަކަށް ވަޑައިގަންނަވާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ވެރިކަން ލިބިވަޑައިގެންނެވި ފަހުން މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީ އަށެވެ. އޭގެ ފަހުން ޔޫއޭއީއަށެވެ. މި ދެ ގައުމަށް ކުރެއްވި ދަތުރަށް ވަނީ 3.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފަ އެވެ. އެ ދެ ދަތުރުން ބަދަލުގައި ލިބުނު އެކައްޗެއް ވެސް ނެތެވެ.
ފުރަތަމަ ބޭރު ދަތުރު ސައުދީ އަރަބިޔާ އަށް ކުރައްވަން ރޭއްވެވި ނަމަވެސް އެކަން ހަމަނުޖެހުނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ސައުދީ ވަފުދަށް އެރުވި މެހްމާންދާރީ ދަށްވުމުން ކަމަށްވެ އެވެ. އަދި ރައީސް ޔާމީން މިނިވަންނުކޮށް ދިގު ދެންމުމަކީ ވެސް ސައުދީގެ ހިތްހަމަނުޖެހުން އޮތް ކަމެއް ކަމަށްވެ އެވެ.
އެންމެ ފަހުން މުއިއްޒު ރޭ އެމވަޑައިގެންނެވީ ޗައިނާއަށެވެ. އެ ގައުމަށް މި ވަޑައިގެންނެވީ އަވަށްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަރަށް ބޮޑަށް ހީނަރުވެފައިވާ ދުވަސްވަރެއްގަ އެވެ. ގުޅުން ހީނަރުވުމުގެ އަސްލަކީ މި ސަރުކާރުގެ މަތީ މަގާމުތަކެއްގައި ތިބި ބަޔަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ފުރައްސާރަ ކުރުމެވެ. ސަރުކާރުގެ ވެރިންތަކެއް އެހެން ގައުމެއްގެ ވެރިއަކަށް މި ޒާތަށް ބަދުބަސް ރައްދުކުރުމަކީ ޑިޕްލޮމެޓިކް ގޮތުން ވަރަށް ބޮޑު މައްސަަލައެކެވެ.
ކޮންމެ އަކަށް ރިޔާސީ އިންތިޚާބަށް ފަހު، އެންމެ ގިނައިން ވޯޓު ދިން ރަށަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް 50 ދުވަސްވީރު ވެސް ރާއްޖޭގެ ރަށަކަށް ވަޑައިނުގެން ރައްޔިތުންގެ ހާލު ބައްލަވާފައި ނުވާތީ އެތައް ބަޔަކަށް އެކަން ވަނީ ފާހަގަވެފަ އެވެ. އޭގެ ބަދަލުގައި ބޮޑެތި ވަފުދުތަކާ އެކު ބޭރު ގައުމުތަކަށް ވަޑައިގެން އެތަައް މިލިއަނެއް ޚަރަދުކޮށް، ހުސްއަތާ ރާއްޖެ އަންނާތީ ވެސް ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފަ އެވެ.
			މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!
		
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
		
			އޮފީސް ވަޒީފާތަކުގެ އަނދިރި ފަރާތް!
		
								
								
					
					
					
					
					
					
					
					
					
					
					
ޗައިނާ އާއި އެކު ކުރިއަށްދެވޭނީ ރައީސް ޔާންޓޭ ދޫކޮށްގެން ޗައިނާ އަށް މުއިއްޒު ދަތުރު ކުރުމުން އެމެރިކާ އަދި އިޒްރޭލު އަދި އިންޑިއާ މޭކަރާނެއޭ އެކަމަކު ޗައިނީސް ސްޓައިލް ދަންނާނީ ހަމައެކަނި ރައީސް ޔާންޓޭ މުއިއްޒު އެކަތަ ވެރިކަމެއް ކުރާން ބޭނުންނަމަ ރައީސް ޔާންޓޭ އަފްއާމެއްގެ ދަށުން ދޫކޮށްލަންވީއޭ އެނޫންނަމަ ގޯސްވާނެއޭ އެއިރުން ޗައިނާ ފަތުރުވެރިން އައިސް ފުރާލާނެއޭ އަދުރޭ ބުނާގޮތަށް ގައުމު ނުހިންގާށޭ ގޯސްވާނެއޭ އެއީ ބޮޑު ކަނޑުކޮހެކޭ އަދުރޭ އައުޓް
ރާއްޖޭގެ ރައްތަކުން މުއިއްޒުހޮވީ ބޭރުގައުމުތަކަށްމުއިއްޒު ފޮނުވައިގެން ރާއްޖޭގެ ރައްތަކުގެމީހުން ބޭނުންވާ ކަންތައްތައް ކުރެވޭނެ މަގުފަހިކޮށް އެކަންތައްކުރުވުމައް ދުވާލު ދެދަޅަޔައް ރާއްޖޭގެ ރައްތަކައް ދަތުރުކުރާކައް ނޫން