އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަށް މުނިފޫހި ފިލުވުމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ އެމީ އެވޯޑް ފަސްވަނަ ފަހަރަށް ލިބިއްޖެ އެވެ.
އާދީއްތަ ދުވަހު ބޭއްވި ކްރިއޭޓިވް އެމީ އެވޯޑްސްގައި އޮބާމާއަށް އެވޯޑް ލިބިފައިވަނީ "އައުޓްސްޓޭންޑިން ނެރޭޝަން" ކެޓެގަރީއިން ނެޓްފްލިކްސް ފިލްމް "ވޯކިން: ވަޓް ވީ ޑޫ އޯލް ޑޭ" އަށެވެ.
އޮބާމާއަކީ އެ ޑޮކިއުމެންޓްރީ ފިލްމުގެ އެއް ޕްރޮޑިއުސަރު ވެސްމެ އެވެ. އޭނާއާއެކު ދެން ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އަންހެނުން އަދި ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ އެވެ.
ވަޒީފާގެ މާހައުލުގެ ތަޖުރިބާތަކާއި އެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ދައްކުވައިދޭ ހަތަރު ބައިގެ އެ ފިލްމަށް އަޑު އަޅައިދީފައިވަނީ އޮބާމާ އެވެ.
މީގެ ކުރިންވެސް އެމީ އެވޯޑްސްގެ އެކި ކެޓަގަރީތަކުން އޮބާމާއަށް ހަތަރު ފަހަރަކަށް އެވޯޑް ލިބިފައިވާކަން ފާހަގަ ކޮށްލަން ޖެހެ އެވެ.
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!