ބޮލީވުޑްގެ އެކްޓްރެސް ބިޕާޝާ ބާސޫގެ 45 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި އޭނާގެ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އެ ޗުއްޓީގެ ފޮޓޯތައް ބިޕާޝާ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ގެންދާއިރު އެ ފޮޓޯތަކުގައި އޭނާގެ ފިރިމީހާ ކަރަން ސިންހް ގްރޯވާއާއި ދަރިފުޅު ދޭވީ ފެނެ އެވެ.
ބިޕާޝާ ރާއްޖެ އައިސްފައި މިވަނީ ރާއްޖެ ބޮއިކޮޓް ކުރަން އިންޑިއާގެ މަޝްހޫރު ބައެއް ފަރާތްތަކުން ކެމްޕެއިނެއް ހިންގަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އެގޮތުން އެ ކެމްޕެއިންގައި ބައިވެރިވި އެއް ތަރިއަކީ އަކްޝޭ ކުމާރެވެ. އަކްޝޭ ބުނީ ރާއްޖޭގައި އިންޑިއާއާމެދު ނަފްރަތު އުފައްދަމުން އަންނަ ކަމަށާއި އެހެން ކަމުން ރާއްޖެ އައުން މަދުކުރަން ޖެހޭ ކަމަށެވެ.
ބިޕާޝާއަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެއްށް ޗުއްޓީ ހޭދަކުރަން އައި ތަރި އެކެވެ.
އެމްއޭސީއެލުން 1.6 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރަށް
ގަސް ހައްދަންވީ ހަމައެކަނި "ހޮބީ"އަކަށް ނޫން!
ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި