އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ އަތުން 2-0 އިން މޮޅުވެ، އިންޓަ މިލާން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
މި މެޗުގައި އިންޓަ އަށް ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ނީކޯ ބަރޭލާ އާއި އީވާން ޕެރިސިޗެވެ.
މި މޮޅާއެކު އިންޓަ ތާވަލްގެ އެއްވަނަ އަށް ޖެހިލީ 47 ޕޮއިންޓާއެކު އެވެ. އެކަމަކު ލީގުގައި އާދިއްތަ ދުވަހު ކްރޮޓޯންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ދެވަނަގައި އޮތް އޭސީ މިލާނަށް އަލުން ތާވަލްގެ އެއްވަނަ ލިބޭނެ އެވެ.
އޭސީ މިލާން މިހާރު އޮތީ 46 ޕޮއިންޓާއެކު އެވެ. ތާވަލްގެ ތިން ވަނައިގައި 40 ޕޮއިންޓާއެކު ރޯމާ އޮތްއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ 39 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ.
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ
ޔޫރޭނިއަމް ރައްކާކުރެވިފައިވާ މިންވަރާ މެދު މަޝްވަރާ ނުކުރާނެ