މުގަކީ ކެއްކުމުގައި ވަރަށް ގިނައިން ބޭނުން ކުރާ ބާވަތެކެވެ. މުގު ކެއްކުމުގެ ކުރިން ބައެއް މީހުން މުގުކޮޅު ފެނަށް އަޅާ ތަން ފެނިފައި ހުރެދާނެ އެވެ.
މިކަމަކީ އެތައް ގޮތަކުން ފައިދާހުރި ކަމެކެވެ. ކައްކަން ފަސޭހަ ވުމުގެ އިތުރުން ގިނަ ސިއްހީ ފައިދާތަކެއް ވެސް މުގު ފެނަށް އެޅުމުގެ ސަބަބުން ލިބެ އެވެ.
މުގަކީ ޕްރޮޓީންސް، ފައިބާ އަދި ވިޓަމިން ގިނަ އަދަދަކަށް ހިމެނޭ ބާވަތެކެވެ. ނަމަވެސް ރަނގަޅަށް ރޯނުފިލުވި މުގު ބޭނުން ކުރުމަކީ ހަޖަމު ކުރުމުގެ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.
މީގެ އިތުރުން ކެއްކުމުގެ ކުރިން މުގު ފެނަށް އެޅުމުން އޭގައި ހުންނަ ހަށިގަނޑަށް ބޭނުން ނުވާ މާއްދާތައް ދޮވެވި އެންމެ ރަނގަޅު ގޮތުގައި މުގުގެ ފައިދާ ހަށިގަނޑަށް ލިއްބައިދެ އެވެ.
އެހެން ކަމުން މުގު ކެއްކުމުގެ ކުރިން ދެގަޑިއިރާއި އަށް ގަޑިއިރާ ދެމެދުގެ ވަގުތު ކޮޅަކަށް ފެނަށް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. މިގޮތަށް ފެނަށް އަޅާފައި ބަހައްޓާއިރު ދެތިން ފަހަރު ފެންގަނޑު ބަދަލު ކުރުން އެދެވިގެންވެ އެވެ.
މާ އަވަހަށް ފޯނު ބެޓެރީގެ ޗާޖު ދަނީތަ؟
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ