ފުވައްމުލަކުގައި ހުރި އެމްޕީއެލް ކޯލް ސެންޓަރު ބަންދުކޮށް، އެތަނުގައި ވަޒީފާ އަދާކުރަމުންދިޔަ 10 މީހަކަށް ނޯޓިސް ދީފި އެވެ.
"ހުރިހާ"އާ ވާހަކަދެއްކި އެ ރަށު މީހަކު ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް 2024 ވަނަ އަހަރު އެމްޕީއެލް އިން ގާއިމުކުރި ކޯލް ސެންޓަރުގައި ޖުމްލަ 18 މީހަކު ކުރިން ތިބި ކަމަށެވެ. އަދި އެތަނުގެ މުވައްޒަފުން މަދުކުރަމުން ގޮސް އެންމެ ފަހުން ތިބި ދިހަ މީހުން ވެސް ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ މި ސަރުކާރުން މި ރަށުގައި ވަޒީފާ ދޭން އުފެއްދި ހަމައެކަނި ތަން. އެތަން ބަންދުކުރަނީ ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ދަށުން ކަމަށް ވަނީ،" އެ މީހާ ބުންޏެވެ.
އޭނާ ބުނީ އެތަނުގައި ވަޒީފާ އަދާކުރަނީ މުޅިން ވެސް ޕީއެންސީ ފިކުރުގެ ކުދިން ކަމަށެވެ. ނަމަވެސް އެ ރަށުގައި ހުރި ސަރުކާރުގެ އެހެން ކުންފުނިތަކުގައި ވަޒީފާ އަދާކުރާ އެހެން ފިކުރުތަކުގެ މީހުން އަދިވެސް ވަޒީފާގައި އެބަތިބި ކަމަށް ވެސް އެ މީހާ ބުންޏެވެ.
"މިތަނުގައި ހުރި ކޯލް ސެންޓަރު އެމްޕީއެލް އިން އުވާލާއިރު އައްޑޫގައި އެދަނީ އެންސްޕާގެ ކޯލް ސެންޓަރެއް ހުޅުވަން ތައްޔާރުވަމުން. މި ރަށުގައި މި ސަރުކާރުގެ ތާއީދު ގެއްލެމުން ދަނީ މިފަދަ ސަބަބުތަކާ ހެދި،" އެ ރަށުގައި އުޅޭ ޕީއެންސީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އެމްޕީއެލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މިދިޔަ ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ސިޓީ ކައުންސިލަށް ޕީއެންސީން ވާދަކުރި އެއްވެސް ކެންޑިޑޭޓެއް ނުހޮވެ އެވެ.
އީސީއަށް ޝަކީލް އައްޔަންކުރަން ރުހުންދީފި
މަނަމަވެސް ތިރަށަށް އެއްވެސް ކަމެއް ނުކޮއްދޭނަންް
ރިޕްލައި