ބިގްބޮސްއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އުރްޕީ ޖާވިދް މުމްބާއީގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށް އޭނާއަށް ފަރުވާ ދީފި އެވެ.
އުރްފީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި ފެންނަނީ އޮކްސިޖަން މާސްކެއް އަޅައިގެން ހޮސްޕިޓަލް އެނދެއްގައި އޮށޯވެގެން އޮންނަ މަންޒަރެވެ.
އެ ފޮޓޯއާއެކު އުރްފީ ބުނެފައިވަނީ 2024 ވަނަ އަހަރުގެ ފެށުން ވަރަށް "ފައްކާ" ކަމަށެވެ. އެ ފޮޓޯގައި އޭނާ ލޯ މަރައިގެން އިންނައިރު އަތުން "ޕީސް" ނިޝާން ދައްކަ އެވެ.
އުރްފީ ހޮސްޕިޓަލުން ފަރުވާ ހޯދި ނަމަވެސް ފަރުވާ ހޯދީ ކީއްވެގެން ކަމެއް އޭނާ ހާމަކޮށްފައި ނުވާއިރު އެއްވެސް މީޑިއާއަކަށް ވެސް އެނގިފައެއް ނުވެ އެވެ.
އުރްފީ އާއްމުކޮށް މަޝްހޫރުވެފައިވަނީ އާދަޔާ ޚިލާފަށް ނިވާކަން ކުޑަ ހެދުން އަޅާ ފަންނާނެއްގެ ގޮތުގަ އެވެ.
ހަރްޝަދު ކައިވެނި ނުކޮށް ހުރި ސަބަބު ބުނެދީފި
ޕާކިސްތާނުގައި ތަނެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ
ކޮންގޯގެ "ސްޓެޗޫ" ސަޕޯޓަރަށް އެމެރިކާގެ ވިސާއެއް ނުލިބުނު!